“ކޮންޓްރޯލް ގެއްލި” އެހީއަށް އެދިފައެއް ނުވޭ: މަބްރޫކް
ދިވެހި
May 20, 2021
ކޯވިޑް ބަލިމަޑުކަމުގެ ކޮންޓްރޯލުން ނައްޓައި ބޭރުގެ އެހީއަށް އެދިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަންގަނީ ހާލަތު ގޯސްވެގެން ބޭރުގެ އެހީއަށް އެދިފައިނުވާނެކަމަށެވެ.
ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުންކަމަށެވެ. އެހެންމަވެސް ބަލީގެ “ކޮންޓްރޯލް ގެއްލި” ހާއްސަ އެހީއަކަށް އެދިފައެއް ނުވާކަން މަބްރޫކް ވަނީ ބުނެފައެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ ދުވާލަކަށް ފެންނަ ކޭސްތައް 1000 މަތީގައި ހުންނަތާ 2 ހަފްތާވެ، މި ބަލީގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުން ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފައެވެ.
ރިއެކްޝަންސް



