ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް އެމްޓީސީސް ނިންމާލައިފި
ދިވެހި
May 22, 2021
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް އެމްޓީސީސް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނޭ. މި މަޝްރޫއަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފަރެސްމާތޮޑާ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް ވަނީ 16 ޖެނުއަރީ 2021 ވަނަ ދުވަހު ފަށާފައެވެ.
ރިއެކްޝަންސް



