މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މީހަކު އައްޔަނުކޮށްފި
ދިވެހި
May 25, 2021
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާއު ޝަރީފް އިއްޔެ އައްޔަންް ކޮށްފިއެވެ.
ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ހާސިލްކޮށްގެން ހުރި މީހެކެވެ.
މި މަޤާމަށް އައްޔަނުކުރުމުގެ ކުރިން އެންމެ ފަހުން ޝަމާޢު ޝަރީފު އަދާކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރކަމުގެ މަޤާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެންބަރުކަން ވެސް ޝަމާޢު ވަނީ އަދާކޮށްފައެވެ.
ރިއެކްޝަންސް



