އެޗްޑީސީގެ ރިސެޕްޝަނުން ހިދުމަތް ދިނުން ބަންދުކޮށްފި

ދިވެހި
May 26, 2021

ކޮވިޑްގެ ރޯގާ ފެރުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިވުމުގެ ގޮތުން މިއަދުން ފެށިގެން ކާފިއު ނިމެންދެން ރިސެޕްޝަނުން ހިދުމަތް ދިނުން ބަންދުކުރެވިފައިވާ ވާހަކަ އެޗްޑީސީން އިއުލާންކޮށްފިއެވެ.

އަދި އެ ކޯޕަރޭޝަނުން ދެމުންދާ ހިދުމަތްތައް އޮންލައިންކޮށް “މައި ހުޅުމާލެ” ޕޯޓަލް މެދުވެރިކޮށް ހޯދުމަށްވެސް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

advertisement

އަދި ޕާމިޓަކާއި ގުޅިގެން ބޯޑު ނެގުމަށް އިންސްޕެކްޓަރ ހޮޓްލައިން 7973535 ނަންބަރާ ގުޅުމަށް އެޗްޑީސީން އެދިފައިވެއެވެ.

އިތުރު މައުލޫމާތް ސާފް ކުރުމަށް އެ ކޯޕްރޭޝަންގެ ނަންބަރު 1516 ނަންބަރަށް ގުޅުމަށްވެސް އެދިފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0