މިއަދުން ފެށިގެން މާލެ ސަރަހައްދު މިސްކިތްތައް ބަންދު: އިސްލާމިކް މިނިސްޓްރީ

ދިވެހި
May 27, 2021

ދުނިޔޭގެ ހަލިވިކަމާއެކު ފެތުރެމުންދާ ކޮވިޑް ސަބަބުނެ މިހާރުގެ ހާލަތައް ރިއާޔަތްކޮށް، އިތުރަށް މިވައިރަސް ފެތުރުން ހުއްޓުވުމަށްޓަކާއި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން 19 މެއި ބުދަ ދުވަހުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފައި ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ނަމަވެސް މި ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ބޯ ނުލަނބާތީ މިނިސްޓްރީންވަނީ މިއަދުން ފެށިގެން މިސްކިތްތައް ބަންދުކޮށްފައެވެ.

advertisement

މިހެން މިކަން އޮތް ނަމަވެސް ފަރުލު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދުތައް ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި، އިސްތިގްފާރުކުރުމަށާއި، މި ބަލިމަޑުކަމުން ސަލާމަތްވުމަށް އެދި ދުއާކުރުމަށް މިނިސްޓްރީން އިލްތިމާޒްކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0