ބޭރަށް ނިކުމެ ކަސްރަތުކުރުން ހުއްދައެއްނޫން – ފުލުހުން
ދިވެހި
June 3, 2021
ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަމަށް ފުލުހުން ހަނދާން ކޮށްދީފި އެވެ.
ފުލުހުން ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 ގެ މި ހާލަތުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައިވަނީ އެންމެންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އެހެން ކަމުން މި ހާލަތުގައި ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަމަށެވެ.
ޑޮކްޓަރުންގެ އިރުޝާދަށް ކަސްރަތު ކުރަންޖެހޭ މީހުންނަށް ބޭރަށް ނިކުމެ ކަސްރަތުކުރުމުގެ ހުއްދަ ދޫކުރާނެ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. ކޯވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ ސަރުކާރުން ވަނީ މާލެ ސަރަހައްދުގެ ޖިމްތައްވެސް ބަންދުކޮށްފައެވެ.
ރިއެކްޝަންސް



