މާލޭގައި ހުރި ސިނާއީ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ޚާއްސަ ޕޯޓަލްއެއް

ދިވެހި
June 6, 2021

މާލެތެރޭގައި ހުރި ސިނާޢީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެ ތަންތަނާއިގުޅޭ މައުލޫމާތު އެއްކުރުމަށް ޙާއްސަ ޕޯޓަލްއެއް ޤާއިމްކޮށްފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިމަސައްކަތުގައި ވީހާ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، އެކަމަށް ޙާއްސަ ޕޯޓަލްއެއް ކައުންސިލްގެ ވެބްސަޓްގައި ހުޅުވާފައިވާ ކަމަށެވެ. މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާ އަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް މިކައުންސިލަށް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ސީޓީ ކައުންސިލުންވެސް ދަނީ މަޢުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެގޮތަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0