އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ދިވެހި
June 7, 2021

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކޮށްފިއެވެ.

މި މަގާމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ވިދާޅުވީ އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 15ވަނަ ދުވަހާ 16ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

advertisement

އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާދެއްވީ މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި ޒިޔަތުގެ ނަން އޮތުމުން، މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0