ސަރުކާރުގެ ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދެނީ

ދިވެހި
June 9, 2021

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. މަޝްވަރާތަކަށް ފަހު މިއަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ފަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

advertisement

ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު މި މަހު ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ވަނީ ކުރިން ނިންމާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0