މިދުވަސްވަރު ގިނަ ބަޔަކު އެއްވެ ކުޅިވަރު ހަރަކާތް ބެލުމަށް ފުރުސަތު ނުދޭނެ – ފުލުހުން
June 12, 2021
މިދުވަސްވަރު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުޞަތު ނުދޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށްފަހު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑްގެ ނަންބަރުތައް ދައްވާން ފަށާފައިވާއިރު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަނެއް ނުދޭކަމަށެވެ. އެހެންކަމުން، މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



