ކުއްމަދު ބަޔަކު ދިރިއުޅޭ މުޖްތަމައުއަކަށް ހެދުމަށް ތ. ގުރައިދޫގައި ފުލުހުންގެ ޕްރޮގްރާމެއް
June 21, 2021
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވޯކް އެންޑް ޓޯކްގެ ނަމުގައި ކުށްމަދު ކުރުމުގެ ހަރަކާތެއް ތ. ގުރައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 18 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން، އެ ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި އެމީހަކާ އިތުރަށް މުއާމަލާތު ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، ވިޔަފާރީގެ މުއާމަލާތު ކުރުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވާއިރުވެސް އެއީ ރަނގަޅު އެކައުންޓުތޯ ޔަގީންކޮށްފައި ނޫނީ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



