“ސެލްފް ފައިނޭންސް ސްކީމް” އަށް ހުށައެޅުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލައިފި

ދިވެހި
July 6, 2021

އިންޑިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް “ސެލްފް ފައިނޭންސް ސްކީމް” އަށް ހުށައެޅުމުގެ ފުރުސަތު ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ، އިންޑިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް 2021 ވަނަ އަހަރާއި 2022 ވަނަ އަހަރަށް “ސެލްފް ފައިނޭންސް ސްކީމް” އަށް ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

advertisement

މި ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލަރސް ޑިގްރީ ލިޕްލޮމާ ކިޔަވާ ދަރިވަރުންނަށެވެ. މި ސްކީމްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ.

ބެޗްލަރސް ޑިގްރީ ކިޔަވާ ދަރިވަރުންގެ ތެރެއިން އެމްބީބީއެސް، ބީޑީއެސް، ބެޗްލަރ އޮފް އިންޖީނިއަރިން، ބެޗްލަރ އޮފް އާރކިޓެކްޗަރ އަދި ބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުންނަށް މި ސްކީމަށް އެދި ހުށައެޅޭނެއެވެ. ޑިޕްލޮމާ ދަރިވަރުންގެ ތެރެއިން ޑިޕްލޮމާ އިން އިންޖިނިއަރިންގ އަދި ޑިޕްލޮމާ އިން ފާމަސީ ގެ ދަރިވަރުންނަށް މި ސްކީމަށް އެދި ހުށައެޅޭނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0