ޔޫރޯ 2020 އާއި ދިމާކޮށް ދޫކުރާ ޕްރޮޖެކްޓަރު 112 ޖަމިއްޔާއަކަށް ހަވާލުކޮށްފި

ދިވެހި
July 7, 2021

ޔޫރޯ 2020 އާއި ދިމާކޮށް މިހާތަނަށް 112 ޖަމިއްޔާއަކަށް ޕްރޮޖެކްޓަރު ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއިން ވިދާޅުވެއްޖެއެވެ.

ޔޫރޯ 2020 އާ ދިމާކޮށް އެ މިނިސްޓްރީއިން ޖުމްލަ 194 ޕްރޮޖެކްޓަރު އެކި ރަށްރަށުގެ ޖަމިއްޔާތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން މިހާރު 112 ޕްރޮޖެކްޓަރު ވަނީ ޖަމިއްޔާތަކަށް ހަވާލުކޮށްފައެވެ.

advertisement

ކޮވިޑުގެ ޙާލަތަށް ރިޢާޔަތްކޮށް، ޕްރޮޖެކްޓަރ ދޫކުރުން މަޑުޖައްސާލެވިފައި ވީނަމަވެސް، ކޮވިޑްގެ ޙާލަތު މިވަގުތު ރަގަޅުވަމުން އަންނަކަން ފާހަގަކުރެވިފައިވާތީ، 1 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ފްރޮޖެކްޓަރ ދޫކުރަމުން ގެންދާކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއިން ވަނީ ވިދާޅުވެފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް އަންގާނެކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0