ހިޔާ ފްލެޓް ހައްގުވެރިންނާއި އެކު އެގްރިމަންޓުގައި ސޮއި ކުރަން ފަށައިފި

ދިވެހި
July 15, 2021

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 6720 ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން ހުރަވީ ސްކޫލުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު، މިހާރު ތާވަލު ކުރެވިފައިވަނީ ޓަވަރުތައް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ. މިގޮތުން، މިއަދު ވަނީ H9 ޓަވަރުން ފުލެޓު ލިބުން ފަރާތްތަކާއި އެކު އެގްރިމަންޓުގައި ސޮއި ކުރަން ފަށާފައެވެ.

ސޮއި ކުރުމުގެ މަސައްކަތް 14 ޖުލައި އިން ފެށިގެން 15 އޮގަސްޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ބޭފުޅުކުވެސް އެގްރިމަންޓުގައި ސޮއި ކުރުމުން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެއެވެ. މިއީ، ގިނަ އަދަދެއްގެ ރައްޔިތުންތަކަކާއި ގުޅިފައިވާ ކަމަކަށް ވެފައި ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އެކު ސޮއި ކުރުމުގެ ކަންކަން ރޭވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މަޢޫލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް މައޫލޫމާތު ބަދަލު ކުރުމުގެ ފުރުޞަތު ވަނީ ހިޔާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާ ކުރިއަށް ގެންދެވިފައެވެ.

advertisement

މިގޮތުން މިއަދު ވަނީ 118 ފަރާތެއްގެ ސޮއި ކުރުން ކުރިއަށް ގެންދެވިފައެވެ. މި 118 ފަރާތަކީ 12 ވަނަ ދުވަހުގެ މެންދުރުފަހާއި ހަމައަށް މި ކުންފުންޏަށް މަޢޫލޫމާތު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން H9 ކެޓަގަރީން ހޮވިފައިވާ ފަރާތްތަކެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން ފޯމު ހުށަހެޅުން ލަސްވެފައިވާ ފަރާތްތަކަށް ފަހުން ވަކި ތާރީޙެއްގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0