އީދު ބަންދަށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓާލަނީ

ދިވެހި
July 15, 2021

ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.


ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓާލާނެކަމަށެވެ. އަދި އަލުން ވެކްސިން ޖަހަންފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

advertisement

މިހާރު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި މާލެ ސަރަޙައްދުގައި އަންނަނީ ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ޖަހާދެމުންނެވެ.


މިހާރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ހަމައެކަނި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށެވެ. ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރު މި މަސައްކަތް އެޗް.ޕީ.އޭއިން ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0