ވިއްސާރައާއި ގުޅިގެން ހިތަދޫ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ދިވެހި
July 24, 2021
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
ހިތަދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުންވެސް ހިތަދޫގެ ގެޔަކަށް ފެން ވަނުމުގެ ސަބަބުންވެސް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިއްޔެ ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށްވާރޭވެހި ވިއްސާރަކޮށްފައެވެ. އަދި މިއަދުވެސް ބައެއް ހިސާބުތަކަށް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވައެވެ. ރާއްޖެއަށް މިހާރު ކުރަމުން އެ ދަނީ މޫސުމީ ވިއްސާރައެކެވެ.
ރިއެކްޝަންސް



