ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކަކާއި ޓޮނިކްތަކެއް ނައްތާލައިފި
ދިވެހި
July 25, 2021
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކަކާއި ޓޮނިކްތަކެއް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ 22 ޖުލައި 2021 ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.
މީގެ ތެރޭގައި 12013.32 ލީޓަރުގެ ބަނގުއާވި އާއި އަދި 3535 ލީޓަރުގެ ޓޮނިކް ހިމެނެއެވެ.
ި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
ރިއެކްޝަންސް



