އިންކަމް ޓެކްސް ފައިނަލް ރިޓާން އަދި ޕޭމަންޓް ދެއްކުމުގެ ސުންގަޑި މިމަހު ހަމަވާނެ
ދިވެހި
August 5, 2021
އިންކަމް ޓެކްސް ފައިނަލް ރިޓާން އަދި ޕޭމަންޓް ދެއްކުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ވަނަ ދުވަސްކަމަށް މީރާއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވީ އިންކަމް ޓެކްސް ފައިނަލް ރިޓާން އަދި ޕޭމަންޓް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް އެ އޮޓޯރިޓީން އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދާކަމަށެވެ. އެގޮތުން މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން ނުވަތަ އީމެއިލް 1415@mira.gov.mv ކޮށްގެންވެސް ނުވަތަ މީރާގެ މައުލޫމާތުދިނުމުގެ ސެޝަންތަކުގައި ބައިވެރިވެގެންވެސް މައުލޫމާތު ލިބޭނެކަމަށެވެ.
މާލެއާއި ހުޅުމާލޭގެ މީރާގެ ކައުންޓަރުތަކުން އަލުން ޚިދުމަތްދޭންވެސް މިހާރު ވަނީ ފަށާފައެވެ. މީރާގެ ގިނަ ޙިދުމަތްތައް މިހާރު އޮންލައިންކޮށްވެސް ލިބޭނެއެވެ.
ރިއެކްޝަންސް



