އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ފައިނޭންޝިއަލް އޮޑިޓާ ގުޅޭ ހާއްސަ ތަމްރީނުތަކެއް

ދިވެހި
August 5, 2021

އޮޑިޓާ ޖެނެރަލް ގެ އޮފީހުން ފައިނޭންޝިއަލް އޮޑިޓާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަންރީން ކުރިއަށްގެންދަނީ އެ އޮފީހުގެ މުވައްޒަފުންނަށެވެ. މިފަހަރުގެ މި ޕްރޮގްރާމްގައި ޖުމްލަ 20 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. އަދި މި ޕްރޮގްރާމަކީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ގެ ފަރާތުން ކުރިއަށް ގެންދާ ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ބުނީ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށްކަމަށެވެ.

advertisement

މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް މިފަދަ ތަމްރީނު ޕްރޮގްރާމެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0