ހިޔާ ފްލެޓްގެ އެތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަދޭން ފަށައިފި

ދިވެހި
August 25, 2021

ހިޔާ ފްލެޓްގެ އެތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަދޭން ފަށައިފިއެވެ. އެޗްޑީސީން ވިދާޅުވީ، ފްލެޓްގެ އެތެރޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ފޯމު ހުށައަޅާ ފަރާތްތަކަށްކަމަށެވެ.

“ހިޔާ ފްލެޓް އެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށައަޅާ ފޯމު” ލިބެންހުންނާނީ ފްލެޓް ތަޅުދަނޑި ހަވާލުކުރާ ދުވަހު އެ ޓަވަރަކުންނާއި، އެޗްޑީސީގެ ރިސެޕްޝަނުންނާއި، ހިޔާ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ޕްރޮސެސްކޮށް ނިމުމުން މަސައްކަތް ކުރުމުގެ ހުއްދަ ދޭނެކަމަށް އެޗްޑީސީން ބުނެއެވެ. ހުއްދަ ލިބުމުން މަސައްކަތް ކުރިއަށް ގެންދަންވާނީ ހުއްދައާއި އެއްގޮތައްކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

advertisement

ހުއްދައާއި އެއްގިތައް އަމަލުކުރޭތޯ ބެލުމަށް އެކޯޕަރޭޝަންގެ މުވައްޒަފުން އެޕާޓްމަންޓަށް ޒިޔާރަތްކޮށް ބަލައި ރަނގަޅު ކުރަންވީ ކަންކަން ބުނެދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ޕްލެޓް އެތެރޭގެ މަސައްކަތްތައް ފަށަންވާނީ ހުއްދަ ލިބުމުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މަސައްކަތް ކުރުމުގައި އިމާރާތައް ލިބިދާނެ ގެއްލުމަކަށްޓަކައި “ހިޔާ މަޝްރުގެ އެތެރޭގެ މަސައްކަތް ކުރުމުގެ އުސޫލާއި އެއްގޮތައް ކަންކަން ކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0