ބޯހިމެނުން މުހިއްމުވަނީ ކީއްވެ؟
September 19, 2021
އަންނަ އަހަރު ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ންބީއެސް)އިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މި ބޯހިމެނުމުގައި ރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް އެއްކުރާނެއެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014ވަނަ އަހަރުއެވެ. ބޯހިމެނުމުގެ
މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި
ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 10އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.
ބޯހިމެނުމަކީ ނުހަނު މުހިންމު މަސައްކަތެކެވެ. އެއީ
ކޮންމެ 10 އަހަރަކުން 1 ފަހަރު ޤައުމުގެ ހާލަތު ދެނެގަތުމަށް ކުރާ މުހިންމު
މަސައްކަތެކެވެ. މީގެ ސަބަބުން ޤައުމުގެ ހާލަތު އިނގިގެންދާނެއެވެ. މީގެ ސަބަބުން
މުޖްތަމައުގެ އެކި ފަންތީގެ މީހުން އަޅާކިޔުމަށް ފަސޭހަވެގެންދާނެއެވެ. ސަބަބަކީ
ބޯހިމެނުމުގައި އެންމެން ކައިރީގައިވެސް އަހަނީ އެއް ސުވާލެއްކަމަށްވުމެވެ.
ބޯހިމެނުމުގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ސަރުކާރުން ޕޮލިސީތައް ބައްޓަންކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބިގެންދާނެއެވެ. ސަރުކާރުގެ ޙިދުމަތްތައް ފޯރުކޮށްދިނުމާއި އަދި އެކަންކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ބޯހިމެނުމުގެ ސަބަބުން އެހީވެދޭނެއެވެ.
މުޅި މުޖްތަމައުގެ އެންމެންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ކަމަށްވާ ތައުލީމު، ސިއްހީ ހިދުމަތްތައް، މަގުތައް ފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމާއި އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވިގެންދާނެއެވެ.
ބޯހިމަނައި ވަކިވަކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ އެނގުމުގެ ސަބަބުން އެ ސަރަހައްދުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވެގެންދާނެއެވެ. އެހެންކަމުން ޤައުމީ ފެންވަރުގެ ބޯހިމެނުމުގެ މަސައްކަތަކީ ތަރައްޤީއަށް މުހިންމު މަސައްކަތެކެވެ.



