Skip to content
Maldives calendar. Today: Maldives calendar

ކާފު އަތޮޅު ބާއްވާފައި ވަރި ދެން އެންމެ ގިނައީ އައްޑޫގައި: ތަފާސް ހިސާބު

ރާއްޖޭގައި ކައިވެނި ވަރި އެންމެ ގިނައީ އައްޑޫގައިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރާއި ހަމައަށް އައްޑޫ ސިޓީގައި 272 ކައިވެނި ވަނީ ކޮށްފައެވެ. މީގެތެރެއިން 201 ކައިވެނި ވަނީ ރޫޅިފައެވެ.

އައްޑޫ ސިޓީގެ އިތުރުން ދެން އެއް އަތޮޅެއްގައި ވަރި އެންމެ ގިނައީ ހދ. އަތޮޅުގައެވެ. އެއަތޮޅުގައި 256 ކައިވެނި ކޮށްފައިވާއިރު 146 ކައިވެނި ވަނީ ރޫޅިފައެވެ. ހަމައެކަނި މާލެއަށް ބަލާލާއިރު 156 ކައިވެނި ވަނީ ކޮށްފައެވެ. މީގެތެރެއިން 79 ކައިވެނި ރޫޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

އާބާދީ މަދުނަމަވެސް ވ. އަތޮޅަކީވެސް ވަރި ގިނަ އަތޮޅެކެވެ. އެއަތޮޅުގައި 11 ކައިވެނި ކޮށްފައިވާއިރު 14 ވަރި ވަނީ ކޮށްފައެވެ. މިއީ ކުރެވުނު ކައިވެނިތަކާއި އަޅާބަލާއިރު ގިނަ އަދަދެކެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ވަރިވާ ނިސްބަތް އިތުރު ގައުމެކެވެ. 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ އިތުރެވެ.