ރާއްޖޭގައި އެންމެ ގިނައިން ޖޫރިމަނާކުރަނީ ލައިސެންސް ނުލާ ދުއްވާތީ
October 21, 2021
ރާއްޖޭގައި އެންމެ ގިނައިން ޖޫރިމަނާކުރަނީ ލައިސަންސް ނެތި އުޅަނދު ދުއްވައިގެންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ކުއްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން ލައިސަންސް ނެތި ދުއްވައިގެން 4651 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ލައިސަންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަދަކީ 1889 އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން 1703 މީހުން، ފޯނު ބޭނުންކޮށްގެން 153 މީހުން، ހެލްމެޓް ނާޅައިގެން 136 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. މީގެއިތުރުން އަހަރީ ފީ ނުދައްކައިގެން 106 މީހުން، ރޯޑްވޯދިނެސް ނަހައްދައިގެން 49 މީހުން، ދުއްވަމުން ސިނގިރޭޓު ބޮއެގެން 63 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި ކުއާޓަރުގައި މުޅި ޖުމްލަ 191 ވެހިކަލް ވަނީ ޓޯކޮށްފައެވެ. މީގެތެރޭގައި އެންމެ ގިނައިން ހިމެނެނީ ސައިކަލެވެ. އެއީ މުޅި ޖުމްލަ 101 ސައިކަލުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.



