އުރަމަތީ ކެންސަރު ފިރިހެނުންނަށްވެސް ޖެހޭ
January 19, 2022
އާންމުގޮތެއްގައި އުރަމަތީގެ ކެންސަރު ޖެހެނީ އަންހެނުންނަށެވެ. މިބާވަތުގެ ކެންސަރު އަންހެނުންނަށް ޖެހުނު ނަމަވެސް އުރަމަތީގެ ކެންސަރު ފިރެހެނުންނަށްވެސް ޖެހެއެވެ. ނަމަވެސް ފިރެހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު މަދެވެ.
ކޮންމެ އުމުރެއްގެ ފިރެހެނަކަށްވެސް އުރަމަތީގެ ކެންސަރު ޖެހިދާނެއެވެ. ނަމަވެސް ފިރެހެނުންގެ ތެރެއިން އުރަމަތީގެ ކެންސަރު ޖެހެނީ އުމުރުން ދުވަސްވީ މީހުނަށެވެ.
އުރަމަތީގެ ކެންސަރުޖެހޭ ފިރެހެނުން ކުރީބައިގައި ދެނެގަނެވިއްޖެނަމަ މިކަމަށް ފަރުވާ ހޯދުމަށް ފަސޭހަވެއެވެ. މިކަމަށް ދެވޭ ފަރުވާގެ ތެރޭގައި އުރަމަތީގެ ޓީޝޫތައް ނެގުމަށް ސަރޖަރީ ހެދުން ހިމެނެއެވެ. މީގެއިތުރުން ކީމޯތެރަޕީ ދިނުމާއި، ރޭޑިއޭޗަން ތެރަޕީދިނުން ހިމެނެއެވެ. އެމީހަކަށްދޭނެ ޓްރީޓްމަންޓެއް ބިނާވެގެންވަނީ އެމީހެއްގެ ހާލަތައް ބެލުމަށް ފަހުގައެވެ.
އުރަމަތީގެ ކެންސަރުގައި ފިރެހެނުންގެ ފެންނަ އަލާމާތްތައް:
- އުރަމައްޗަށް ތަދުވުން
- އުރަމަތީގެ ހަމުގެ ކުލައަށް ބަދަލުއައުން
- އުރަމަތީގައި ގޮއްލާފައި ހުރުން
ފިރެހެނުންނަށް އުރަމަތީގެ ކެންސަރު ޖެހިދާނެ ބައެއް ސަބަބުތައް:
- އުރުރުން ދުވަސްވުން : އާންމުގޮތެއްގައި ފިރެހެނުންނަށް އުރަމަތީގެ ކެންސަރު ޖެހެނީ 60 އަހަރުން މައްޗަށް ދިއުމުންނެވެ.
- ބައެއް ކަހަލަ ޑްރަގްސް ބޭނުންކުރުން
- އާއިލާގެ އެހެން މެންބަރެއް އުރަމަތީގެ ކެންސަރު ޖެހުން
- ލިވަރގެ އެހެން ބައްޔެއް ހުރުން
- މާބޮޑަށް ފަލަވުން



