ގެވެށި އަނިޔާއާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ

29 ޖެނުއަރީ 2022 - 15:01

ގެވެށި އަނިޔާ އާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ވާރޗުއަލް ލީގަލް އެވެއާރނަސް ކްލިނިކާއި ގުޅިގެން ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީވާ ހޮނިހިރުދުވަހުގެ ރޭގަނޑު 8 އިން 9 އަކަށެވެ.މި ސެޝަންގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ގޮތުން 9721213 އަށް ގުޅައިގެން ނަންނޯޓް ކުރެވޭނެއެވެ. ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރެވޭނެއެވެ.

މި ސެޝަންގައި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، ގެވެށި އަނިޔާ ރިޕޯޓް ކުރަންޖެހޭނެ ތަނާއި، އަދި އެ ފަދަ އަނިޔާއިން ރައްކާތެރިކަން ހޯދުމާއި ގުޅޭ ގޮތުން މައުލޫމާތު ދެވޭނެއެވެ.ސެޝަން ހުށަހަޅައިދެނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ދެ މެމްބަރުން ކަމުގައިވާ އަލްއުސްތާދާ އާއިޝަތު ނަޖާ އަދި އަލްއުސްތާދާ މަރްޔަމް އިނާޝާއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0