މޭވާ އާއި ތަރުކާރީ ދޮންނަންވީ ކީއްވެ؟

29 ޖެނުއަރީ 2022 - 16:12

ބައެއް ފަހަރު އަހަރެމެންނަށް ހީވެފައި އޮންނަނީ ޖަނަވާރުގައި އޭ ޖަރާސީމު ހުންނާނީ އެހެންވީމައި،ޖަނަވާރު ވަރަށް ރަނގަޅަށް ސާފުކޮށް ބަލަހައްޓަންޖެހޭ ކަމަށެވެ. ޕެޓް ގެންގުޅޭ ފަރާތްކުން މި ކަމަށް ވަރަށް ސަމާލުކަންދެއެވެ. އެހެންނަމަވެސް ތަރުކާރީ މޭވާގައި އަތްލުމަށްފަހު، ނޫނީ އެ ބޭނުންކުރާއިރު، ރީތިކޮށް ރަނގަޅަށް ދޮންނަންޖެހޭ ކަމަށް އަހަރެމެންނަށް ހީކުރެވިފައި ނޯވެއެވެ. އަދި އެކަމަށް ސަމާލުކަންދެވޭ މިންވަރުވެސް ކުޑައެވެ. ހަގީގަތުގައި ޖަނަވާރުގައި ހުންނަ ޖަރާސީމަށް ވުރެ މާ ނުރައްކާތެރި ޖަރާސީމު މޭވާ އާއި ތަރުކާރީގައި ހުރެއެވެ.

ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންދާޒާ ކުރާ ގޮތުގައި ކޮންމެ އަހަރަކު 48 މިލިޔަން މީހުން ބަލިވަނީ މިފަދަ ޖަރާސީމުތަކުގެ ސަބަބުންނެވެ. ލެޓިއުސް، ޓޮމާޓޯ، ސްޕިނެޗް، ފަދަ ތަރުކާރީގެ ބޭރުގައި ހުރި ޖަރާސީމުގެ ސަބަބުން، ބަލިޖެހި ގިނަ މީހުންނަށް ފާއިތުވި އަހަރުތަކުގައި ހޮސްޕިޓަލްގައި އެދުމަތި ކުރަންޖެހުނު ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދި މީގެ ތެރެއިން ބައެއް މީހުން އެ ބަލީގައި މަރުވެފައެވެ. އެހެންކަމުން ތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެއެވެ.

advertisement

ތަރުކާރީ އާއި މޭވާ ގަންނައިރު ހުންނަނީ ރީތިކޮށް ދޮވެފައި ކަމަށް ހީކޮށް، ރަނގަޅަށް ނުދޮވެ ބޭނުންކުރުމުން ކުރުމުން ނުރައްކާތެރި ސިއްހީ ހާލަތެއް ދިމާވެދާނެއެވެ. ތަރުކާރީ އާއި މޭވާ ގިނަ އަދަދަކަށް ރަނގަޅަށް ހެއްދުމަށްޓަކައި ދަނޑުވެރިން އެއަށް ނުރައްކާތެރި ގަސްކާނާ އަޅައި ތަފާތު ބޭސްތައް ޖަހައެވެ. މީގެ ސަބަބުން ތަރުކާރީ އާއި މޭވާގައި ނުރައްކާތެރި އެތަކެއް ކެމިކަލް ހުރެއެވެ.  އެމެރިކާގެ ޖަމްއިއްޔާއަކުން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި ތަރުކާރީ އާއި މޭވާ ދޮވެގެން ބޭނުންކުރާއިރުވެސް އޭގައި، 70 ޕަސެންޓްގެ ނުރައްކާތެރި ކެމިކަލް ފިލައިގެން ނުގޮސް ހުރެއެވެ.

ބައެއް ފަހަރު ތާޒާ ތަކެތީގައި ނުރައްކާތެރި ޖަރާސީމެއް ކަމަށްވާ ސަލްމޮނެއްލާ، އީ، ކޮލީ، ލިސްޓެރާ ހުރެއެވެ. މި ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ގޮސްފިނަމަ ނުރައްކާތެރި ހާލަތަކަށް ދެއެވެ. ފުޑް ޕޮއިޒަންވުމުން ނުރައްކާވެގެންދާ މިންވަރަށް ވުރެ ބޮޑަށް މި ޖަރާސީމުން ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ދެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0