ކުނި މެނޭޖް ކުރުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

30 ޖެނުއަރީ 2022 - 14:33

ކުނި މެނޭޖް ކުރުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

 މި ބިލް ގާނޫނަކަށް ވެގެން ދިއުމުން ކުނި މެނޭޖް ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވާ ހިންގާ، ބެލެހެއްޓުމާއި، ކުނި މެނޭޖް ކުރާނެ އުސޫލްތަކާއި މިންގަނޑުތަކާއި އިޖްރާއަތްތައް ކަނޑައެޅިގެން ދާނެއެވެ.

advertisement

މި ބިލްގެ މަގްސަދަކީ ކުނީގެ ސަބަބުން ތިމާވެށި ތައައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި، ކުނި ނުއުފެއްދުމަށް ބާރު އެޅުމާއި، ކުނި އުފައްދާ މިންވަރު މަދުކުރުމާއި، ކުނި އެޅުން ބޭނުންކުރުމާއި، ކުނި ރިސައިކަލްކުރުމާއި، ކުނިން ބޭނުންތެރި ބައިތައް އިއާދަކުރުން ހިމެނެއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ މިންވަރެއްގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމްކޮށް، އެ ހިދްމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުންވެސް މި ބިލްގެ މަގްސަދުގައި ހިމެނެއެވެ.

 މި ބިލްގައި ކުނިމެނޭޖް ކުރާނެ އަސާސްތަކާއި، އަދި މި ކަމުގައި މުއައްސަސާތަކުގެ ދައުރަކީ ކޮބައިކަންވެސް ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0