ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ ގުޅުން ހީކުރާ ވަރަށްވުރެ މުހިންމު

30 ޖެނުއަރީ 2022 - 15:33

ވަޒީފާގެ މާހައުލުގައި އެއް މުވައްޒަފަކާއި އަނެއް މުވައްޒަފަކާއި އޮންނަ ގުޅުން ވަރުގަދަ ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަޒީފާއާއިމެދު ހިތްހަމަ ނުޖެހޭ ގިނަ މީހުން ދިރިއުޅުމާއިމެދުވެސް ހިތްހަމައެއްނުޖެހެއެވެ.

މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ކުޑަނަމަ މުވައްޒަފުން ވަޒީފާގައި ހަރެއްނުލައެވެ. ސަލާން ބުނާ މިންވަރު އިތުރުވެއެވެ. މަސައްކަތާއި މަސައްކަތުގެ ފެންވަރުވެސް ދަށްވެއެވެ. މިގޮތައް މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާނަމަ  ކުންފުނިތަކަށް އޭގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ގެއްލުމަކާއި ކުރިމަތިލައެވެ.

advertisement

އިންސްޓްޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްއިން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މުވައްޒަފުންގެ ގުޅުން ރަނގަޅުވުމަކީ ވަޒީފާއާއިމެދު ހިތްހަމަޖެހޭ އެންމެ ބޮޑު ސަބަބެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ހުރެއެވެ. އެގޮތުން އެންމެ ފުރަތަމަ ގުޅުން ބަދަހިކުރުމުގެ ސަގާފަތެއް މަސައްކަތުގެ މާހައުލުގައި އަށަގަނެވިދާނެއެވެ. އެގޮތުން އެކުގައި ކެއުންބުއިމަކީވެސް ކުރެވިދާނެކަމެކެވެ. އަދި އެންމެން އެއްވެ ގުޅުން ބަދަހިކުރުމަށް ހަރަކާތްތައް ހިންގިދާނެއެވެ. ގުޅުން ބަދަހިކުރުމަށް މުވައްޒަފުން ކުރާ މަސައްކަތް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

މުވައްޒަފުން ބޭނުންވާ ކަންކަމުގައި އެހީއަށް އެދެން ފަސޭހަކޮށްދިނުމަކީވެސް ކުރެވިދާނެކަމެކެވެ. މިފަދަ މާހައުލެއް އޮންނަނަމަ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާނެކަމަށް ދިރާސާތަކުން ދައްކައެވެ.

ގިނަ ފަހަރު އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުން ބާކީކޮށްލެވިފައިތިބޭ މަންޒަރު ފެނެއެވެ. އެހެންނަމަވެސް އެ މުވައްޒަފުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީ ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަން ރަނގަޅު ކުރާނެ ގޮތް ބުނެދީ ކަންތައްތައް ކުރާނެގޮތް ކިޔައިދޭން ޖެހެއެވެ. އަދި ކަންކަމުގައި އެމީހުންގެ ހިޔާލުވެސް ހޯދިދާނެއެވެ.

ރިއެކްޝަންސް
1
0
0
0
0
0
0