ކޮކެއިން ބޭނުންކުރުމުން ސިކުނޑި މަސައްކަތްކުރާ ގޮތް ބަދަލުކޮށްލާ

31 ޖެނުއަރީ 2022 - 11:41

ރާއްޖޭގައިވެސް ޒުވާނުން ޑްރަގްގެ ނުރައްކާތެރި ވަބާއަށް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ހުށަހެޅެމުންނެވެ. އަދި މި ނުރައްކާތެރި ވަބާ ގައި ދުނިޔެ ދޫކުރަމުން އަންނަނީ ގިނަވަމުންނެވެ. ނުރައްކާތެރި ޑްރަގްގެ އެތައް ބާވަތެއް ޒުވާނުންގެ ތެރޭގައި ބޭނުންކުރަމުން އަންނައިރު، މީގެ ތެރޭގައި ކޮކޭންވެސް ހިމެނެއެވެ. ކޮކޭން އަކީ އޭގައި ހިމެނޭ އެޑިކްޝަންގެ މިންވަރު މަތިވުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ޑްރަގްއެކެއެވެ.

ކޮކޭން ބޭނުންކުރުމުން ސިކުނޑީގައި ހުންނަ ގުދްރަތީ ކެމިކަލްއެއް ކަމަށްޗާ ޑޮފެމެން މަސައްކަތް ކުރާ ގޮތް ބަދަލުކޮށްލައެވެ. ސިކުނޑީގައި މަސައްކަތް ކުރާ ސާރކެޓްތައް އިދިކޮޅަށް އަބުރާ މުޅި ސިކުނޑި އެގޮތް މި ގޮތަށް މަސައްކަތް ކުރަން އަބުރާލައެވެ.ކޮކޭން ބޭނުންކުރަން ފެށުމުގެ  ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ލޮޅުގެ ކަޅި ޑައިލޭޓް ވުން، މޭ ނުބައިކުރުން،ހަށިގަނޑުގެ ޓެމްޕަރޭޗާރ މައްޗަށް ދިޔުން އަދި ބްލަޑް ޕްރެޝަރ މައްޗަށް ދިޔުން، އަދި ހިތް އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

advertisement

ކޮކޭންގެ ސަބަބުން ދިގު މުއްދަތަކަށް ލިބޭ ގެއްލުންތަކަށް ބަލާއިރު، ވަސްގެއްލުން ، ނޭފަތުން ލޭ އައުން، ދިރުވަން އުދަގޫވުން، އެޗްއައިވީ،  ހެޕަޓައިޓިސް ސީ ފަދަ ނުރައްކާތެރި ބަލިތައް ޖެހެއެވެ.ކޮކޭން އޯވަރޑޯޒް ވެގެން ނުރައްކާތެރި ސިއްހީ މައްސަލަތައް ދިމާވެ، ފުރާނައަށް ނުރައްކާ ވުމުގެ ސަބަބުން، މަރުވުން ފަދަ ކަންތައް ހިމެނެއެވެ.

ރިއެކްޝަންސް
0
0
3
5
1
1
0