ކަންކަން ހަނދާން ނެތުމަށް އޮތް ހައްލު

31 ޖެނުއަރީ 2022 - 14:21

ކަންތައްތައް މާއަވަހަށް ހަނދާން ނެތުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިއީ ބައެއް ފަހަރު އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައްވެސް ދިމާވާ ކަމެކެވެ. ކަންތައްތައް ތިމާގެ ސިކުނޑިން ކައްސާލާ ހަނދާން ނެތެން ދިމާވާ ބައެއް ސަބަބުތައްވެސް ހުރެއެވެ. އޭގެތެރޭގައި:

  • އެކަށީގެންވާވަރަށް ނިދި ނުލިބުން
  • މަސްތުވާތަކެތި ބޭނުންކުރުން
  • މާބޮޑަށް ސްޓްރެސްވުން ނުވަތަ އެންޒައިޓީ ހުރުން
  • ޑިޕްރެޝަން
  • ބޭނުންކުރާ ބައެެއްކަހަލަ ބޭހެއްގެ ސަބަބުން
  • ތައިރޮއިޑް މައްސަލަތައް

މިއީ އިންސާނާގެ ހަނދާނަށް އަސަރުކުރުވާ ބައެއް ސަބަބުތަކެވެ. އާންމުކޮށް ކަންކަން ހަނދާން ނެތޭ މީހެއް ނަމަވެސް ބައެއްކަހަލަ ކަންތައްތައް ކޮށްލައިގެން ހަނދާން ގަދަކުރުމަށް އެހީތެރިވެދޭނެއެވެ. އޭގެތެރޭގައި:

advertisement
  • އޮގަނައިޒްކުރުން

އާންމުކޮށް ކަންތައްތައް ވަކި ތަރުތީބެއްނެތި އޮތުމަކީ އަވަހަށް ހަނދާން ނެތޭނެ ކަމެކެވެ. މިސާލަކަށް އޮފީހުގެ މާހައުލުގައި ކުރަންވާ ކަންތައްތައް ރަނގަޅަށް އޮގަނައިޒް ނުވެ އޮންނަނަމަ ކަމެއް ހަނދާނުން ކައްސާލުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ހަނދާން  ބެހެއްޓުމަށް ކަންތައްތައް އޮގަނައިޒްކޮށް ނޯޓްކޮށްފައި ބެހެއްޓިދާނެއެވެ.

  • ކޮންމެވެސް ކަމަކާއި ނުވަތަ އެއްޗަކާއި ގުޅުވުން

އާންމުކޮށް ހަނދާނުގައި ބެހެއްޓުމަށް ކޮންމެވެސް ކަމަކާއި ނުވަތަ އެއްޗަކާއި ގުޅުވުމަކީ ހަނދާނުގައި ގިނަދުވަހު އެކަމެއް ހުންނާނެކަމެކެވެ. މިސާލަކަށް މީހެއްގެ ނަމެއް ހަނދާނުން ނެތޭނަމަ އެމީހެއްގެ ނަމެއް ކޮންމެވެސް ހަނދާން ހުންނަ ކަމަކާއި ގުޅުވުމުން ހަނދާނުގައި ހުންނަލެއް ފަސޭހަވާނެއެވެ.

  • ހަމަނިދި ނިދުން

ހަނދާނުގައި ކަންތައްތައް ބެހެއްޓުމަށް ހަމަ ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހަމަނިދި ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

  • ސްޓްރެސް މެނޭޖްކުރުން

މާބޮޑަށް ސްޓްރެސްވާނަމަ ހަނދާނަށް އަސަރުކުރެއެވެ. އެހެންކަމުން ސިކުނޑިއަށް ކަންތައްތައް ނަގައިގަނެ ސިކުނޑީގައި ހަރުލެއްވުމަށް ސްޓްރެސް މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

  • ކަސްރަތުކުރުން

ކަސްރަތުކުރުމަކީ ހަނދާން ގަނދަވުމަށް އެހީތެރިވެދޭކަމެކެވެ. ސަބަބަބަކީ ކަސްރަތުކުރުމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު އިތުރުވާތީއެވެ.

ރިއެކްޝަންސް
0
1
0
1
1
0
0