ކެންސަރުބަލި ތަހައްމަލްކުރަމުން އަންނަ ބަލި މީހާގެ އެހީތެރިޔާ ވަރުބަލިކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައް

1 ފެބުރުއަރީ 2022 - 11:41

ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ މީހުންނަކީ ވަރަށް ވޭންގައި ދިރިއުޅޭ ބައެކެއެވެ. ބަލީގެ ސަބަބުން ޖިންސީ މާނީ އަދި ނަފްސާނީ އެތަކެއް މައްސަލައެއް މި ބަލި ތަހައްމަލް ކުރަމުންދާ މީހުން އަންނަނީ ކުރަމުންނެވެ. މި ބަލި ތަހައްމަލް ކުރަމުންދާ މީހެކޭ އެއްފަދައިން މި ބަލި ތަހައްމަލް ކުރަމުންދާ މީހާ ގެންގުޅޭ އެހީތެރިޔާ އުފުލަމުން އަންނަ ވޭނާއި ތަކްލީފް އިންތިހާއަށް ބޮޑެއެވެ. ނަމަވެސް މި ފަދަ މީހުންނާއި ދޭތެރޭ ވިސްނާލާ ސަމާލުކަން ދެވޭ މިންވަރު މަދެއެވެ. އެހެންކަމުން މި އާރޓިކަލްގައި މި ބަލާލަނީ ކެންސަރުބަލި ތަހައްމަލްކުރަމުން އަންނަ ބަލި މީހާގެ އެހީތެރިޔާ ވަރުބަލިކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ތިމާގެ އިހްސާސްތައް ދަނެގަނެ އުނދަގޫތަކާއި ކުރިމަތިލުން

advertisement

އެހީތެރިޔާގެ ދައުރަކީ ގިނަ ތުރާތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ކުރާ ކޮންމެ ކަމެއްގެ ނަތީޖާއަކީ، އެންމެ ފުރިހަމަ ނަތީޖާ ކަމުގައި ހަދަން ބޭނުންވިޔަސް،މުޅިން އެކަން ހާސިލް  ނުކުރެވިދާނެކަން ގަބޫލުކުރަންޖެހެއެވެ. ހިތްހަމަނުޖެހުމާއި، ދެރަވުން އެއީ ރުޅި އިސްކުރެވޭ ސަބަބުތަކަށް ނުހަދައި ކުރެވޭ އިހްސާސްތަކުގެ  އަސްލުދެނެގަނެ، މި ކަމަކީ ރުންކުރުވުމާއި، މާޔޫސްވުން ފަދަ ކަންކަން އިހްސާސްކުރެވޭނެކަމެއްކަން ގަބޫލުކުރުން މުހިއްމެވެ.

އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ އިހްސާސް

ކަންތައްތައް އެންމެ ރަނގަޅަށް ކުރަމުންދާއިރުވެސް، ހުރިހާ ކަމެއް ކޮށްނުދެވޭކަމުގެ އިހްސާސް ކުރެވިދާނެއެވެ. ދުވާލަކު އެއްފަހަރު ނަމަވެސް، ބަލިމީހައަށް އެހީތެރިވުމަށް ތިމާއަށް ވީ މިންވަރަކުން ކަންތައް އެބަކޮށްދޭ ކަން  އަމިއްލަ ނަފްސަށް ހަދާންކޮށް ދިނުން މުހިއްމެވެ. އަދި ހުރިހާ ކަމެއް ކޮށްދޭއިރުވެސް ކޮށްނުދޭ ކަމެއް ކޮށްނުދެނީ ލޯބިންކަން  އަމިއްލަ ނަފްސަށް ހަދާންކޮށް ދިނުމަކީ މުހިއްމު ކަމެކެއެވެ.

ރިއެކްޝަންސް
0
0
0
0
1
0
0