” މަލަޑެޕްޓިވް ޑޭޑްރީމިންގ“ އާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރީ ކޮން ގުޅުމެއް؟

1 ފެބުރުއަރީ 2022 - 13:51

ދުވާލުގެ ވަގުތުގައިވެސް ވަކި ކަމަކަށް ގެއްލި ހުވަފެނެއްގައި ހުރެވޭ ކަމުގެ އިހްސާސްކުރެވޭ ހެއްޔެވެ؟ މިއީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. މިހާލަތައް އިނގިރޭސިބަހުން ކިޔަނީ ”މަލަޑެޕްޓިވް ޑޭޑްރީމިންގ އެވެ.

ހޯދުންތަކުން ދައްކާގޮތުގައ”މަލަޑެޕްޓިވް ޑޭޑްރީމިންގ ގެ މައްސަލަތައް ވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައެވެ. އެގޮތުން މިފަދަ ހާލަތްތައް ދިމާވަނީ ޑިޕްރެޝަން، އެންޒައިޓީ، އޭޑީއެޗްޑީ ނުވަތަ ޓްރޯމާއެއްގެ ސަބަބުންނެވެ.

މިގޮތައް ދުވާލުގެ ވަގުތުގައި ޑޭޑްރީމް ކުރާއިރު އެއީ އުފާވެރި އިހްސާސްތަކެއްކަމަށް އެމީހުންނަށް އިހްސާސްވެއެވެ. ”މަލަޑެޕްޓިވް ޑޭޑްރީމިންގ ގެ މައްސަލަތައް ދިމާވާ މީހުން އެތައް ގަޑިއިރެއްވެސް އެ ހިޔާލުގައި ހުރެފާނެއެވެ. އަދި އެ ޑްރީމް ނުވަތަ ހިޔާލު ނިމުމަށް އަންނާކަށްވެސް އެމީހުން ބޭނުމެއްނުވާނެއެވެ.

”މަލަޑެޕްޓިވް ޑޭޑްރީމިންގ“ގެ އަލާމާތްތައް:

  • ހުވަފެނުގެ ތެރެއަށް ވަރަށް ބޮޑަށް ވަނުން

މިފަދަ މީހުން އެ ހިޔާލެއްގެ ތެރެއަށް ވަދެގޮސް ހުސްވާނެއެވެ. އަދި އެ ހިޔާލުގެ ތެރޭގައި ރޮއެ، ހީވެސް ހަދާފާނެއެވެ.

  • ދިރިއުޅުމުގެ ކަންކަމަށް މިކަމުގެ ސަބަބުން އަސަރުކުރުން

އެމީހުންނަށް އެ ހިޔާލެއްގައި އެތައް ގަޑިއިރެއްވެސް އިނުމަކީ އުނދަގޫކަމެއް ނޫނެވެ. އެގޮތައް 6 ނުވަތަ 6 ގަޑިއިރުވެސް ތިބެދާނެއެވެ. މީގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް އަސަރުކުރެއެވެ.

މިއީ ނަފްސާނީ ދުޅާހެޔޮކަމުގެ އަލާމާތެއްތަ؟

މިކަން ނަފްސާނީ ދުޅަހެޔޮކަމަކަށް މުޅިން ގުޅިފައެއް ނުވެއެވެ. އަދި އޮފިޝިއަލީ މިއީ ބައްޔެއްކަމަަށްވެސް ހޯދިފައެއްނުވެއެވެ. ނަމަވެސް މިކަން ދިމާވަނީ ޑިޕްރެޝަން ނުވަތަ އެންޒައިޓީ ހުންނަ މީހުންނަށެވެ. އަދި ޓްރޯމާ ނުވަތަ ސްޓްރެސްގެ ސަބަބުންވެސް މިކަން ދިމާވެދާނެއެވެ.

މިއީ ތެރަޕީ ނަގައިގެން ހައްލުކުރެވިދާނެ ކަމެއްކަމަށް ހޯދުންތަކުން ބުނެއެވެ. އެހެންކަމުން މިކަން ދިމާވާނަމަ ކަމާގުޅުންހުރި ފަރާތެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0