ޑިޕްރެޝަން އަކީ ފިޒިކަލް ބައްޔެއް ކަމަށް ބެލެވިދާނެތަ؟

1 ފެބުރުއަރީ 2022 - 12:32

ޑިޕްރެޝަންއަކީ ހަމައެކަނި މޫޑަށް އަންނަ ބަދަލެއް ނޫނެއެވެ. ޑިޕްރެޝަންގެ ސަބަބުން މީހާއަށް ފިޒިކަލީ ގޮތުންވެސް ވަރަށް ގިނަ ބަދަލުތަކެއް އާދެއެވެ. އެ ގޮތުން ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ގައިގައި ރިއްސުމާއި އެކި ކަހަލަ ތަދުތަކާއި ކުރިމަތިލައެވެ. މީގެ އިތުރުން އިންތިހާ ދަރަޖައަށް ވަރުބަލިވުމާއި، ޖިންސީ ޝައުގުވެރިކަން  ކުޑަވުމާއި، ކާހިތްނުވުމާއި، ގިނައިން ނިދުން ނުވަތަ ނުނިދުން ފަދަ ކަންތައް ދިމާވެއެވެ.

ޑިޕްރެޝަންގެ ސަބަބުން ފިޒިކަލް އެކި ކަހަލަ ބަލިތަކާއި ކުރިމަތިލާންޖެހެއެވެ. ސަބަބަކީ މި ކަމުގެ ސަބަބުން ހަށިގަނޑުގެ ސްޓްރެސް ހޯމޯން ކަމަށްވާ ކޯރޓިސޯލް އަދި އެޑްރިނަލިން މަތިވެގެން ދިއުމެވެ. ޑިޕްރެޝަން އިން ދިފާއީ ނިޒާމަށް އަސަރުކުރެއެވެ. އެގޮތުން އިންފެކްޝަން ތަކުން ދިފާއުވުމަށް އުދަގޫކޮށްލައެވެ.  މީގެ އިތުރުން ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބަލިތަކަށް ހަށިގަނޑު ހުށަހެޅިގެންދާ މިންވަރު އިތުރުވެގެންދެއެވެ.

advertisement

ހަގީގަތުގައި ނަފްސާނީ ދުޅަހެޔޮ ކަމާއި ސިއްހަތާއި ވަނީ ގުޅިފައެވެ. ސިއްހަތުގެ ސަލާމަތުން ހުރުމަށް ބޭނުންނަމަ ނަފްސާނީ ދުޅަހެޔޮކަންވެސް ރަނގަޅު ކުރަން އެބަޖެހެއެވެ. އެގޮތުން ނަފްސާނީ ގޮތުން ބޭނުންވާ އެހީ ހޯދުން މުހިންމުއެވެ.

ރިއެކްޝަންސް
1
0
0
3
0
0
0