ގެވެށި އަނިޔާގެ 779 މައްސަލަ މިދިޔަ އަހަރު ރިޕޯޓް ކޮށްފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފި

1 ފެބުރުއަރީ 2022 - 13:38

ގެވެށި އަނިޔާގެ 779 މައްސަލަ  މިދިޔަ އަހަރު ރިޕޯޓް ކޮށްފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 594 އަންހެނަކަށް ގެވެށި އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވާއިރު، 185 ފިރިހެނަކަށް އަނިޔާގެ ލިބިގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބަހުގެ ހަމަލާ އަދި ނަފްސާނީ އަނިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

advertisement

އެގޮތުން ބަހުގެ ހަމަލާ އަދި ނަފްސާނީ އަނިޔާ 495 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ޖިސްމާނީ އަނިޔާ 388 މައްސަލަ އަދި ބިރުދެއްކުމުގެ 317 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.މީގެ އިތުރުން ކުޑަކުއްޖަކަށް އަނިޔާގެ އަމަލެއް ދެއްކުން ނުވަތަ އެފަދަ ހާލަތަކަށް ކުއްޖަކު ހުށަހެޅުމުގެ 154 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
1