ލެޕްރަސީ އާއި ބެހޭ ގޮތުން އިގެނީ ކިހާ ވަރަކަށް؟

1 ފެބުރުއަރީ 2022 - 14:26

ދުނިޔޭގައި ފާހަގަކުރަމުން އަންނަ “ވޯލްޑް ލެޕްރަސީ” އަކީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހެއެވެ. ރާއްޖެއަކީ ލެޕްރަސީ އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެއެވެ. ލެޕްރަސީ އާއި އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނައިރު، މި ބައްޔަކީ ކޮބައިކަމާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން އިގެން އެބަޖެހެއެވެ.

ލެޕްރަސީއަކީ ޖުޒާމް ބަލިއެވެ. މި ބަލީގެ ކުރީކޮޅު ފަރުވާކުރެވިއްޖެނަމަ ނުކުޅެދުންތެރިކަމުންނާއި އައިބުވުމުން ރައްކާތެރިކޮށްދެއެވެ.  މި ބަލީގެ ކުރީކޮޅު ފަރުވާކުރެވިއްޖެނަމަ 6 ނުވަތަ 18 މަސްތެރޭގައި އެއްކޮށް ރަނގަޅުކުރެވޭނެއެވެ.

advertisement

ލެޕްރަސީއަކީ އެހާ ފަސޭހައިން ޖެހޭ ބައްޔެއް ނޫނެއެވެ. 95 ޕަސެންޓް ބޮޑެތި މީހުންގެ ދިފާއީ ނިޒާމް މި  ބެކްޓީރިއާ ވަނުން  ހުއްޓުވުމަށް ވަރުގަދަ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ބަލި ޖެހުމުން ދޭ އެންޓިބައޮޓިކް ދިނުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބެކްޓީރިޔާގެ ނުރައްކާ ހަށިގަނޑުން ދެއެވެ.

ރިއެކްޝަންސް
1
0
0
0
1
0
0