ހުޅުހުޅުން އަޑުކިޔަނީ ކީއްވެ؟

1 ފެބުރުއަރީ 2022 - 14:48

ހުޅުހުޅުން އަޑުކިޔުމަކީ ހުޅުހުޅުގައި ހުންނަ ގޭސް ބަބުލްތައް ފެޅުމުން ގޮވާ އަޑެކެވެ. ޒުވާން އުމުރުގައިވެސް ހުޅުހުޅުން އަޑުކިޔުމުގެ މައްސަލަ ބައެއް މީހުންނަށް ދިމާވެއެވެ. އެހެންކަމުން މިގޮތައް އަޑުކިޔާނަމަ ކުޑަކޮށް ކަސްރަތުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އާންމުގޮތެއްގައި ހުޅުހުޅަށް ދިމާވާ މައްސަލަތައް ޖެހެނީ އުމުރުން ދުވަސްވާ މީހުންނަށްކަމަށް ބެލެވެއެވެ. ނަމަވެސް ޒުވާން އުމުރުގައިވެސް މި މައްސަލަ ދިމާވެދާނެއެވެ.

advertisement

އެކްސިޑެންޓެއް ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ހުޅަކަށް އަނިޔާއެއް ލިބިއްޖެނަމަވެސް ހުޅުހުޅުން އަޑުކިޔުމުގެ މައްސަލަ ދިމާވެއެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށްވެސް މިކަން ދިމާވެއެވެ.

އެހެންނަމަވެސް ހުޅުހުޅުގައި އާދަޔާ ހިލާފަށް ތަދެއް ހުރެ ނުވަތަ އެނޫންވެސް އުނދަގުލެއް ދިމާވާނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމެވެ. ސަބަބަކީ ހުޅުތަކަށް ބޮޑު ގެއްލުމެއްވެސް ލިބިފައި ހުރެދާނެތީއެވެ.

ރިއެކްޝަންސް
1
2
3
2
12
2
0