އުމުރުން 20 ، 30 އަދި 40 އަހަރުގައި ޕީރިއަޑް އަށް އަންނަ ބަދަލުތައް

1 ފެބުރުއަރީ 2022 - 16:28

ބަދަލުވަމުން އަންނަ އުމުރާއި އެކު ޕީރިއަޑް އަށް ވެސް ބަދަލުތައް އާދެއެވެ. އެ ދުވަސްވަރު އެކި އުމުރުފުރާތަކުގައި ކުރިމަތިލާންޖެހޭ ކަންތައް ތަފާތުވެގެން އާދެއެވެ. އެގޮތުން އުމުރުން 20،30 އަދި 40 އަހަރުގައި ޕީރިއަޑް އަށް އަންނަ ބަދަލުތަކުގެ މައްޗަށް ބަލާލާނަމެއެވެ.

އުމުރުން 20 އަހަރުގައި:

advertisement

 ފުރާވަރަށް އެޅިގެން އަންނަ އުމުރަކީ ޕީރިއަޑްގެ ވޭން އެންމެ ބޮޑަށް ތަހައްމަލް ކުރަންޖެހޭ އުމުރުފުރައޭ ބުނެވިދާނެއެވެ. އުމުރުން 20 އަހަރަށް ބަލާއިރު އެ އުމުރުފުރާއަކީ ޕީރިއަޑް ސައިކަލް ގަވާއިދުން ތަރުތީބުވަމުން އަންނަ އުމުރުފުރާއެވެ. އެކި ސަބަބުތަކާއި ހެދި އުމުރުން 20 އަހަރަށް އެޅުމުން ގިނަ ފަހަރަށް ފެމެލީ ޕްލޭނިންގ ޕިލްސް ބައެއް ފަރާތްތަކުން ބޭނުންކުރަން ފަށައެވެ. އެހެންވުމުން އެ އާއިއެކު ޕީރިއަޑް ސައިކަލްއަށްވެސް ބޮޑު ބަދަލުތަކެއް އާދެއެވެ. އެގޮތުން އާއްމުކޮށް ޕީރިއަޑް ލޭ އަންނަ މިންވަރު ތަފާތުވެ، ޕީރިއަޑްގައި އެ އުފުލާ ވޭން ފެމެލީ ޕްލޭނިންގ ޕިލިސް އާއި އެކު ކުޑަވެގެންދެއެވެ.

އުމުރުން 30 އަހަރުގައި:

މި އުމުރުފުރައަށް އެޅޭ އިރު އާއްމުކޮށް ޕީރިއަޑް ސައިކަލް އޮންނާނީ ވަކި ތާވަލަކަށް އެޅި ތަރުތީބުވެފައެވެ. މި އުމުރުފުރާގައި ޕީރިއަޑްވާއިރު އަންނަ ލޭގެ މިންވަރު އިތުރުވެ، ނޫނީ ތަދު އާދަޔާ ހިލާފަށް ބޮޑުވާނަމަ، އެއީ ސިއްހީ ކޮންމެވެސް ބޮޑު މައްސަލައެއްގެ ނިޝާނެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

އުމުރުން 40 އަހަރުގައި:

ހަގީގަތުގައި މި އުމުރުފުރާއަކީ މޮނޮޕޯސްއަށް ހަށިގަނޑު ތައްޔާރުވާން ފަށައިގަންނަ އުމުރުފުރާއެވެ. މި އުމުރުފުރާގައި ހޯމޯންއަށް އެކި ބަދަލުތަކެއް އަންނަން ފަށާނެއެވެ. އެގޮތުން އެސްޓްރޯޖަން ލެވެލް އަށް އަންނަ ބަދަލުތަކުގެ ސަބަބުން ޕީރިއަޑް މިސް ވުން ފަދަ ބަދަލުތައް މި އުމުރުފުރާގައި އަންނަން ފަށާނެއެވެ.

ރިއެކްޝަންސް
0
2
2
2
1
2
0