ރާއްޖޭގައި މަގުމަތީގައި ފޮށުންމާއި ފުރައްސާރަ މިހާ އާންމުވަނީ ކީއްވެ؟

1 ފެބުރުއަރީ 2022 - 17:47

މަގުމަތީގައި ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. މި ފުރައްސާރައިގެ ޝިކާރައަކަށް އާންމުކޮށްވަނީ އަންހެނުންނެވެ. ރަހުމަތްތެރިއަކާއި ނޫނީ އާއިލާގެ ދައްތައެއް ގާތު ސުވާލުކޮށްފިނަމަ، މަގުމަތިން ދިމާވާ ފުރައްސާރައިގެ ވާހަކަ ހިއްސާކޮށްދޭނެއެވެ. މާލެގެ މަގުމަތިން ފޮށުމާއި ކުރިމަތިނުވާ އަންހެނަކު ނުހުންނާނެއޭ ބުނުމަކުން ދޮކަކަށްނުވާނެއެވެ.

މިފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި މިހާ އާންމު ކަމަކަށް ވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މަގުމަތީގައި ފުރައްސާރަކުރުން މިހާ އާންމުވާ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

advertisement
  • މަގުމަތީގައި ފުރައްސާރައާކީ އަންހެނުންނަށް ކުރިމަތިވާ އުނދަގުލެއްކަމަށް އެއްބައި ފިރިހެނުން ގަބޫލު ނުކުރުން
  • އަންހެނުންނާއި އެއްވަރަށް ފިރިހެނުން ފޮށުމާއި ފުރައްސާރަކުރުމުގެ އުނދަގުލުގެ ވާހަކަ ނުދެއްކުން
  • މަގުމަތީގައި ފުރައްސާރަކުރުމުގެ ވާހަކަ ދެއްކުން އުނދަގޫ ކަމަކަށްވަނީ، އެކަމުގެ އެވިޑެންސް ހޯދަން ދަތިވުމުން.
  • މަގުމަތީގައި ހިނގާ ފުރައްސާރައިން މީހުން ސަލާމަތްކޮށްދޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި ނުވުން.

މަގުމަތީގައި ކުރާ ފުރައްސާރަ ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް

  • ޅަ އުމުރުގައި ކުދިންނަށް އެހެން މީހުންގެ ބައުންޑަރީތަކައް އިހުތިރާމް ކުރަން ދަސްކޮއްދިނުން.
  • ފިރިހެނުން އެކްޓިވްކޮށް ފޮށުމާއި ދެކޮޅަށް ވާހަކަ ދެއްކުން.
  • މީހަކައް ފުރައްސާރަ ކުރާ މަންޒަރުފެނިއްޖެ ނަމަ އެމީހަކަށް އެހީ ވެވޭ ވަރަކަށް އެހީވުން.
ރިއެކްޝަންސް
0
1
2
0
0
1
0