މިކަންކަން ދިމާވާނަމަ އެހެން ޑޮކްޓަރެއްގެ މަޝްވަރާ ހޯދާ

2 ފެބުރުއަރީ 2022 - 14:52

ޑޮކްޓަރަށް ދެއްކުމަށްފަހު އެ ޑޮކްޓަރު ދައްކާ ވާހަކައަށް މުޅިން އެއްބަސްނުވެވޭފަހަރު އާދޭހެއްޔެވެ؟ މިއީ ބައެއްފަހަރު ކަންތައްތައް ދިމާވާ ގޮތެކެވެ. ޑޮކްޓަރު ދައްކާ ވާހަކަ ބައެއް ފަހަރު ގަބޫލުނުކުރެވެއެވެ. އެހެންކަމުން އެހެން ޑޮކްޓަރެއްގެ ހިޔާލު އެކަމުގައި ހޯދަންޖެހިއްޖެކަން ދެނެގަންނާނީ ކޮންހިސާބަކުންތޯ އިނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަންކަން ދިމާވާނަމަ އެހެން ޑޮކްޓަރެއްގެ ހިޔާލު ހޯދާށެވެ.

  • ކޮންބައްޔެއްކަން ނޭންގުން

ޓެސްޓުތައް ހެދުމަށްފަހު ތިމާ ކުރިމަތިލާ ކަންތައްތަކުގެ ކޮންމެވެސް މިންވަރެއް ޑޮކްޓަރަށް އިނގެންޖެހެއެވެ. ނަމަވެސް އެކަމާއިގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެއީ ކޮންބައްޔެއްކަން ނޭންގޭނަމަ އެހެން ޑޮކްޓަރެއްގެ މަޝްވަރާ ތިކަމުގައި ހޯދާށެވެ.

advertisement
  • އަމިއްލަ ހޯދުންތަކާއި ދިމާނުވުން

ޑޮކްޓަރަށް ދެއްކުމުން އެއީ މިވެނި ބައްޔެކޭ ޑޮކްޓަރު ބުނުމަށްފަހު އެކަންތައްތައް ތިމާގެ ހޯދުންތަކާއި އަދި ތިމާއަށް ދިމާވާ ކަންތައްތަކާއި ދިމާނުވާނަމަ އެހެން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ އެންމެ އެދެވިގެންވާގޮތެވެ.

  • އެކަމަށް އޮތީ އެންމެ ހައްލެއްކަމަށް ބުނުން

ކޮންމެ ބައްޔެއްގައިވެސް އެއް ހައްލައްވުރެ ގިނަ ހައްލުތައް ހުންނާނެއެވެ. ނަމަވެސް ތިމާގެ ޑޮކްޓަރު ބުނަނީ އެކަމުގައި އޮތީ އެންމެ ހައްލެއް ނުވަތަ ޓްރީޓްމަންޓެއްކަމަށް ބުނާނަމަ އެއީ މައްސަލައެކެވެ. އެހެންކަމުން 2 ވަނަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދާށެވެ.

  • ޑޮކްޓަރަށް އިތުބާރުނުކުރުން

ޑޮކްޓަރު ތިމާގެ ހާލަތު ސީރިއަސްކޮށް ނުބަލާކަމުގެ އިހްސާސްވާނަމަ ނުވަތަ ޑޮކްޓަރަށް އިތުބާރުނުކުރާނަމަ އެއީވެސް އެހެން ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންޖެހޭ ކަމުގެ ނިޝާނެކެވެ.

ރިއެކްޝަންސް
1
1
0
0
0
0
0