މި ދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 220 މައްސަލައެއް

2 ފެބުރުއަރީ 2022 - 16:19

މި ދިޔަ ޑިސެމްބަރުމަހު މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އަށް ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

 ޖެންޑަރ މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ދިޔަ ޑިސެމްބަރުމަހު އެ މިނިސްޓްރީއަށް ވަނީ ޖުމްލަ 220 މައްސަލަ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި ގުޅޭ 104 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ.މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސާ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ އަނިޔާގެ 27 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

 މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާ އިހްމާލްވުމުގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ ހިމެނެއެވެ. ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 06 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ ރިޕޯޓްކޮށްފައިވާ ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0