ދަރިފުޅު އިންޖެކްޝަންގެ ކަށި ދެކެ ބިރުގަންނަ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

2 ފެބުރުއަރީ 2022 - 16:37

ތުއްތު ކުދިން ވަކި އުމުރުފުރައެއް އަންނަންދެން އެ ކުދިން ހަމަ ކުރަންޖެހޭ ވެކްސިން ތަކެއް ހުރެއެވެ. އަދި ކުދިންނަށް ވެކްސިން ދޭން ގެންދިއުން ނުވަތަ ދިނުމުގައި ބެލެނިވެރިން ވަރަށް ގިނަ ތަކްލީފްތަކާއި ކުރިމަތިލާންޖެހެއެވެ. ކުޑަކުދިން ވަރަށް ގިނަ ފަހަރު އިންޖެކްޝަންގެ ކަށި ދެކެ ބިރުން އެކަން ނުކުރަން ދެކޮޅު ހަދާ ރޯން ފަށައެވެ. އަދި މި ކަން ކުރުވަން ކުއްޖާ އެއްބަސްކުރުވަން ބެލެނިވެރިންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

 ބެލެނިވެރިން މި ކަމުގައި ކުއްޖާ އާއި ރަނގަޅަށް މުހާތަބްކޮށް އޮޅުން ފިލުވައިދޭންޖެހެއެވެ. އެ ގޮތުން ވެކްސިން ޖަހަނީ ކީއްވެގެން ކަމާއި، ކޮން ސަބަބަކާއި ހެދި ކަން ދަރިފުޅަށް ވިސްނައިދޭންޖެހެއެވެ. އިންޖެކްޝަން ޖަހާއިރު ކޮންމެވެސް ވަރަކަށް ތަދުވާނެ ކަމާއި، އެހެންނަމަވެސް އެއީ މާ ބޮޑު ތަދެއް ނޫންކަން ކުއްޖާއަށް ބުނެދިނުން މުހިއްމެވެ. އަދި ނަރުސް އިންޖެކްޝަން ޖަހާ ދޭނީ ވަރަށް އަވަހަށް ވީހާވެސް ތަދުކުޑަ ގޮތަކަށް ކަން ދަރިފުޅަށް ބުނެދޭށެވެ.

advertisement

ކުއްޖާއަށް މި ކަމާއި ބެހޭ މައުލޫމާތު ދޭނީ ކޮން ވަގުތެއްގައިކަން ބެލެނިވެރިޔާ އިހްތިޔާރުކުރުން މުހިއްމެވެ. އެއީ އެކި ކުދިންގެ މި ޒާޖު ތަފާތު ވުމެވެ. ބައެއް ކުދިންނަށް ދުރާލާ މި ކަމުގައި މައުލޫމާތު ދިނުމުން އޭގެ ފާއިދާ ކުރެއެވެ. އަދި ބައެއް ކުދިންނަށް ދުރާލާ މައުލޫމާތު ދިނުމުގެ ބަދަލުގައި އެކަން ކުރަން ވަދެ މައުލޫމާތު ދިނުމުން އޭގެ ފާއިދާ ކުރެއެވެ. ކުއްޖާއަށް އެ މައުލޫމާތު ދޭން އެންމެ ރަނގަޅީ ކޮން ވަގުތެއްގައިކަން އެންމެ ރަނގަޅަށް އިގޭނީ ބެލެނިވެރިޔާއަށެވެ.

ރިއެކްޝަންސް
0
0
1
0
0
0
1