އެޗްޕީއޭ އިން ގޭގެއަށް ގޮސް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި

3 ފެބުރުއަރީ 2022 - 13:09

ބަލީގެ ހާލަތު ހުރި ގޮތުން ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ނުޖެހޭ ފަރާތްތަކަށް ގޭގެއަށް ގޮސް ކޮވިޑް- 19ވެކްސިން ދޭން 10 ފެބްރުއަރީގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށާފައެވެ.

އެޗްޕީއޭއިން ބުނީ ބަލި ހާލަތު ހުރި ގޮތުން އެނދުމަތިވެފައި ތިބި ފަރާތްތަކަށް ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދަމަނަވެށިން ކަމަށެވެ. އެގޮތުން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން 1976 ހޮޓްލައިން އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްއަކީ ކުރިންވެސް އެޗްޕީއޭއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމްއެކެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާއިރު، 31 ޖެނުއަރީގެ ނިޔަލަށް 72000 ބޫސްޓަރ ޑޯޒް ވަނީ ޖަހާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0