އޫރީދޫ އަހަރީ އާއްމު ޖަލްސާ މި އަހަރުގެ މާޗްމަހު

3 ފެބުރުއަރީ 2022 - 13:25

އޫރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ މި އަހަރުގެ މާޗްމަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އާއްމު ޖަލްސާގައި ބައިވެރިވޭނެ ކަމަށާއި، ހިއްސާގެ ފާއިދާ ލިބޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

advertisement

މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އޭޖީއެމްގެ އެޖެންޑާ އާއި ނޯޓިސް އާއްމު ކުރާނެ ކަމަށާއި، މި ނޯޓިސް އާއި އެކު އަހަރީ އާއްމު ޖަލްސާ އޮންނާނެ ތަނާއި، ތާރީހާއި، ގަޑި، އަދި މި ކަމާއި ގުޅޭ އެހެނިހެން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ކުންފުނީގެ ބޯޑު ފާސްކުރުމާއި، ހިއްސާގެ ފާއިދާ ފާސްކުރުން އޮންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0