ހިޖާމާ ޖެހުމުގެ ކުރިން އެގެންޖެހޭ ކަންތައް

5 ފެބުރުއަރީ 2022 - 9:31

ހިޖާމާ ނުވަތަ ކަޕިންއަކީ ވެކިއުމް ކަޕް އަކުން ހަށިގަނޑުގައި ހުންނަ ވިހަ ލޭތައް ބޭރުކޮށްލުމެވެ.ހިޖާމާއަކީ އެކި ބަލިތަކުން ދިފާއުވުމަށް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެއެވެ. އަދި ހާއްސަކޮށް އިސްލާމްދީނުގައި މި ކަމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ވަނީ ދީފައެވެ.

ހިޖާމާ ތެރަޕީ ދެ ގޮތަކަށް ދެމުން އާދެއެވެ. އެއީ ޑްރައި އަދި ވެޓް ތެރަޕީއެވެ. އެކިއުޕަންޗަރިސްޓުން، ކައިރޯޕްރެކްޓާރސް އަދި ފިޒިކަލް ތެރަޕިސްޓުންވެސް ހިމާޖާ ޖަހައިދެއެވެ.

advertisement

ތަފާތު އެކި ބަލިތަކަށް ހިޖާމާ ޖަހައެވެ. އަދި އެ ބަލިތަކަށް ހިޖާމާއިން ޝިފާ ލިބިގެންދާ ކަމަށް ހިޖާމާ ޖަހާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ކަމާއި ގުޅޭ މާ ބޮޑު ދިރާސާއެއް އަދި މިހާތަނަށް ހަދާފައެއް ނުވެއެވެ.

ހުރިހާ ބައްޔަކަށް ހަމައެކަނި ހިޖާމާ ޖަހައިގެން ރަނގަޅު ނުކުރެވޭނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ހިޖާމާ އިން ފަރުވާ ލިބޭ ބައެއް ކަންތައްތަކުގެ ތެރޭގައި ވެރިކޯސްވެއިން،އެންޒައިޓީ،މައިގްރެއިން،ބުރަކަށީގެ ރިއްސުން، ޑިޕްރެޝަން، ދަރިމައިވުމާއި ގުޅޭ ކަންތައް، އަންހެނުންގެ އެކި ބަލިތައް ، އާރތްރައިޓްސް ފަދަ އެކި ބަލިތައް ހިމެނެއެވެ.

ތަޖްރިބާކާރުން ދެކޭ ގޮތުގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިޖާމާ ޖެހުމަކީ ރައްކާތެރި ގޮތެއް ނޫނެއެވެ. އެ ގޮތުން އުމުރުން 4 އަހަރުން ދަށުގެ ކުދިން، މުސްކުޅިން، އަންހެނުން ޕީރިއަޑްވާ ވަގުތު، މާ ބަނޑު މީހުން ހިޖާމާ ޖެހުމަކީ ރައްކާތެރި ކަމެއް ނޫނެއެވެ. އޭގެ ތެރޭގައި މާ ބަނޑު މީހުން ލޯވަރ ބެކްޕެއިން އަށް ހިޖާމާ ޖެހުމަކީ އެއްގޮތަކަށްވެސް ރައްކާތެރިކަމެއް ނޫން ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ރިއެކްޝަންސް
0
0
1
1
0
0
0