ފަރޓިލިޓީ ޑޮކްޓަރެއް ހޯދާއިރު ބަލަންވީ ކޮންކަމަކަށް؟

5 ފެބުރުއަރީ 2022 - 14:06

ފަރޓިލިޓީ ޑޮކްޓަރެއް ހޯދާއިރު ބައެއް މީހުން އެންމެ އަވަހަށް ފެންނަ ޑޮކްޓަރެއް ކައިރިއަށްދެއެވެ. އަދި ބައެއް މީހުން އާއިލާ ނުވަތަ ރަހުމަތްތެރިން ބުނާ މީހުން ކައިރިއަށްވެސް ދެއެވެ. ނަމަވެސް ފަރޓިލިޓީ ޑޮކްޓަރެއް ހޯދާއިރު ބަލަންޖެހޭ ކަންތައްތަކާއި އެނގެންޖެހޭ ކަންތައްތަކެއް ހުރެއެވެ.

ފަރޓިލިޓީ ޑޮކްޓަރަކަށް ދައްކަން ދާއިރު އޭނާއާއި ބެލޭ މުހިންމު މައުލޫމާތުތައް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާ ދައްކަން މިދަނީ ކިހާ ފެންވަރެއް ހުރި ކިހާވަރަކަށް ކިޔަވައިގެން ހުރި ޑޮކްޓަރެއްތޯ އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ފަރޓިލިޓީ ޑޮކްޓަރެއް ހޯދުމުގެ ކުރިން މިކަންކަމަށް ބަލާށެވެ.

advertisement
 • މެޑިކަލް ސެޓްފިކެޓް ހޯދީ ކޮންތާކުން އަދި ކޮންއިރަކު؟
 • ބޯޑް ސަރޓިފައިޑް ރިޕްރޮޑަކްޓިވް އެންޑޯކްރޮނޮޖިސްއެއްތަ؟
 • އިންފަރޓިލިޓީއަކަށް ފަރުވާދޭތާ ކިތައް އަހަރު ވެއްޖެ؟
 • އެހެން ވަގުތުތަކުގައި ގުޅާފައި ސުވާލުކުރެވޭނެތަ؟
 • ޑިއުޓީ ނޫން ވަގުތުގައި ސުވާލެއް އުފެދިއްޖެނަމަ ގުޅަންވީ ކާކަށް؟
 • ފްރޮސީޖަރ ވީކްއެންޑްގައި ހެދޭނެތަ؟
 • އިންޝުއަރެންސް ބަލައިގަނޭތަ؟
 • ބަހާލައިގެން ފައިސާ ދެއްކޭނެތަ؟
 • ޓްރީޓްމަންޓަށް ހޭދަވާނީ ކިހާވަރެއް؟

ފަރޓިލިޓީ ޑޮކްޓަރެއް ހޯދާއިރު މިކަންކަން އޮޅުންފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ކަންތައްތަކާއިހުރެ ޑޮކްޓަރު ބަދަލުކުރަންޖެހޭ ފަހަރުވެސް އާދެއެވެ. މިކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ މިކަންތައްތައް ދިމާވާނަމަ ޑޮކްޓަރު ބަދަލުކުރުމަކީ މުހިންމު ކަމެކެވެ.

 • ކުރާ ސުވާލުތަކަށް ޖަވާބު ނުދިނުން
 • ޑޮކްޓަރަށް ފްރީކޮށް ވާހަކަނުދެއްކުން
 • ޓްރީޓްމަންޓް ޕްލޭންއާއި އަދި ހަދަންޖެހޭ ޓެސްޓުތައް އަބަދު ޑޮކްޓަރަށް ހަނދާންކޮށްދޭންޖެހުން
 • ނަގާ ބޭސްތަކާއި ގުޅިގެން ހަދަންޖެހޭ ލޭގެ ޓެސްޓުތަކާއި އަދި އެނޫންވެސް ޓެސްޓުތައް ރަނގަޅަށް މޮނިޓަރ ނުކުރުން
ރިއެކްޝަންސް
1
0
0
0
1
0
0