ގޭސް އުނދުނުގެ ސަބަބުންވެސް ސިއްހަތައް ގެއްލުންވޭ

5 ފެބުރުއަރީ 2022 - 14:13

އަހަރެމެން ގޭގައި ކައްކަން ގެންގުޅޭ ގޭސްއުނދުނުގެ ސަބަބުންވެސް ގިނަ ގެއްލުންތަކެއް ލިބޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ގޭސްއުނދުނަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ނަމަވެސް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާކަމަށް މިވަނީ ދައްކާފައެވެ. އެގޮތުން ކޭސްއުނދުނަކީ ކްލައިމެޓް ޗޭންޖް އަދި އިންސާނާގެ ސިއްހަތައްވެސް އެތައް ނޭދެވޭ އަސަރެއް ކުރާ އެއްޗެކެވެ.

ގޭސްއުނދުނުން ކެއްކުމުގެ ސަބަބުން އަރާ ދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭކަމަށް ދައްކާފައިވަނީ އެމެރިކާގެ ސްޓްންފޯޑް ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއެއްގައެވެ. މި ދިރާސާގައި ބުނެފައިވަނީ އެމެރިކާގެ 40 މިލިއަން ގޭބީސީގައިވެސް ކައްކަނީ ގޭސްއުނދުނުގައިކަމަށެވެ.

advertisement

ގޭސްއުނދުނުން އަރާ ދުމުގެ ސަބަބުން ކާބަން މޮނޮކްސައިޑާއި، ނިޓްރިކް އޮކްސައިޑާ ފަދަ ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް ހިމެނެއެވެ. މީގެސަބަބުން ނޭވާހިއްލުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ފަދަ ކަންތައްތައް ދިމާވެއެވެ.

ގޭގެ ހާލަތުގެ ސަބަބުންވެސް މި ނުރައްކާ ބޮޑުކަމަށް ދިރާސާގައި ދައްކައެވެ. އެގޮތުން ކުދި ތަންކޮޅުތަކުގައި އުޅޭމީހުންނާއި، އަދި ވެންޓިލޭޝަން ދަށް ތަންތަނުގައި އުޅޭމީހުންނަށް މި ނުރައްކާ ބޮޑުކަމަށް ދައްކައެވެ.

ރިއެކްޝަންސް
0
0
1
2
0
0
0