ރިސޯޓް ހަދަން ހުޅުވާލި ރަށްތަކުގެ ބީލަން ހުށަހަޅެމުގެ މުއްދަތު އިތުރުކޮށްފި

6 ފެބުރުއަރީ 2022 - 12:47

ރިސޯޓް ހަދަން ހުޅުވާލި ރަށްތަކުގެ ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ރިސޯޓް ހަދަން 10 އަތޮޅަކުން 18 ރަށް ދޫކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ ދުބާއީ އެކްސްޕޯ 2020 ގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު މި ފެބްރުއަރީ މަހަށް ހަމަވާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިދިޔަ ހަފްތާގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރިސޯޓް ތަރައްގީކުރުމަށްޓަކައި އިންވެސްޓަރުންނަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި ، ބިޑް ހުށަހެޅުން އަންނަ މާރޗްމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ.

advertisement

ރަށްތައް ވިއްކަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށެވެ. އެގޮތުން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް 60 ޕަސެންޓް ޕޮއިންޓް ދޭން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޕޮއިންޓް ދޭ އިރު ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0