ގަޓް ހެލްތާއި ސިކުނޑި އާއި ވަނީ ގުޅިފައި!

6 ފެބުރުއަރީ 2022 - 13:51

ގޭސްޓްރޯ އިންޓެސްޓިނަލް ޓްރެކް ނުވަތަ “ގަޓް” އަކީ އަނގައިގެ ތެރެއިން ގޮސް ފޫކޮޅާއި ހަމައަށް ގުޅިފައި ހުންނަ ޓިއުބެކެވެ.ގަޓް އާއި ސިކުނޑި އާއި ހުންނަނީ ގުޅި ލާ މެހިފައި ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ. ބައެއް  ފަހަރު ބަނޑުގެ އެތެރޭގައި ބަޓަރފްލައިސް އުޅޭހެން ހީވެއެވެ. އެ ގޮތަށް އެ އިހްސާސް ވަނީ ގަޓް އާއި ސިކުނޑި އެކަތި އަނެކައްޗަށް ގުޅުމުންނެވެ. ގަޓް އާއި ސިކުނޑިއާއި ދެމެދު މުއާމަލާތު ކުރެވޭ ސިސްޓަމަށް ކިޔައި އުޅެނީ “ގަޓް ބްރެއިން އެކްޒިސް” އެވެ.

ގަޓް ބެކްޓީރިޔާއިން ސިކުނޑީގެ މަސައްކަތަށް އަސަރުކުރެއެވެ. އެހެންކަމުން ގަޓް ބެކްޓީރިޔާ ބަދަލުކޮށްލުމުން ސިކުނޑީގެ ސިއްހަތަށް އިތުރު ދުޅަހެޔޮ ކަމެއް ލިބިގެންދެއެވެ. ދިރާސާއެއް ދައްކާ ގޮތުގައި ޕްރެބައޮޓިކެއް ކަމަށްވާ “ގަލަކްޓޫލިގޯސަކާރައިޑްސް” ތިން ހަފްތާ ވަންދެން ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ ސްޓެރްސް ހޯމޯން ކަމަށްޗާ “ކޯރޓިސޯލް” އުފައްދާ މިންވަރު ދައްކޮށްދެއެވެ.

advertisement

ޕްރޯބައޮޓިކްސް އިން ސިކުނޑިއަށް ކުރާ އަސަރަށް ކިޔަނީ “ސައިކޯބަޔޮޓިކްސް”އެވެ. ޕްރޯބައޮޓިކްސް އަދި ޕްރިބައޮޓިކްސް ބޭނުންކުރުމުން އެންޒައިޓީ، ސްޓްރެސް، އަދި ޑިޕްރެޝަނަށް ދާ މިންވަރު ދައްކޮށްދެއެވެ. ގަޓް- ބްރެއިން އެކްޒިސް އަށް ފާއިދާ ކުރާ ފުޑް ގްރޫޕްތަކުގެ ތެރޭގައި އޮމެގާ-3 ފެޓްސް، ފާރމެންޓެޑް ފުޑްސް، ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ ކާނާ، ފޮލިފެނަލް- ރިޗް ފުޑްސް، ޓްރައިޕްޓޯފަން- ރިޗް ފުޑްސް ހިމެނެއެވެ. ތެޔޮ ހިމެނޭ މަސް، ފަރމެންޓެޑް ފުޑްސް، އަދި ގިނަ އަދަދަކަށް ފައިބަރ ހިމެނޭ ކާތަކެތި ބޭނުންކުރުމުން ގަޓް ހެލްތް އަށް ފާއިދާ ހުރި ބެކްޓީރިޔާތައް އުފެދިގެންދެއެވެ. އަދި މި ބެކްޓީރިޔާގެ ސަބަބުން ސިކުނޑީގެ ދުޅަ ހެޔޮ ކަމަށް ފާއިދާ ކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0