ޗަސްބިންތަކާއި ކުޅިތައް: ހީކުރާ ވަރަށްވުރެ މުހިންމު!

6 ފެބުރުއަރީ 2022 - 15:01

ރާއްޖެއަކީ ގުދުރަތީގޮތުން ޗަސްބިންތަކާއި ފާތައް ގިނަ ގައުމެކެވެ. މިތަންތަނާއިމެދު ބައެއް ފަހަރު އެންމެ އެދެވޭގޮތެއްގައި އަޅާލެވޭތަނެއް ނުފެނެއެވެ. ނަމަވެސް ގުދުރަތީ މިފަދަ ތަންތަނަކީ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން ވަރަށް މުހިންމު ތަންތަނެވެ.

މިތަންތަނަކީ ރަނގަޅުގޮތުގައި ބެލެހެއްޓިއްޖެނަމަ އެތަންތަނުން ރާއްޖެއަށް ގިނަ ފައިދާތަކެއް ހޯދިދާނެ ތަންތަނެވެ. އެގޮތުން މިއީ ފަތުރުވެރިކަމަށްވެސް ބޭނުންކުރެވިދާނެ ތަންތަނެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

advertisement

ރާއްޖެއަންނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ބަލާލުމަށެވެ. އެގޮތުން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

އެގޮތުން ފަތުރުވެރިން ޝައުގުވެރިވާ ތަންތަނަށް ރާއްޖޭގައި މިހުރި ކުޅިތަކާއި ފާތަކާއި ޗަސްބިންތައް ހެދިދާނެއެވެ. މިއީ ރާއްޖެއަށް އިތުރު ފައިސާ ހޯދިދާނެގޮތެކެވެ. ރާއްޖޭގައި ކުޅިތައް ހުރި ބައެއް ރަށްރަށުގައި މިހާރުވެސް އެތަންތަނަށް އާންމުންނާއި ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި ވަނީ ޒަމާނީ ވަސީލަތްތަކާއިއެކު ހިތްފަސޭހަ މަންޒިލްތައް ހަދަމުންނެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ އައްޑޫސިޓީ ހިތަދޫގައި ހަދާފައިވާ އީދިގަޅި ކިޅިއެވެ. މިތަން ތަރައްޤީކޮށްފައިވަނީ ފަތުރުވެރިން ޝައުގުވެރިވާ އެކިއެކި ވަސީލަތްތަކާއިއެކުގައެވެ. އެގޮތުން ވިޒިޓާސް ސެންޓަރަކާއި، ދޫނި އުޅޭގޮތް ބެލޭނެފަދަ ތަނަކާއި، ޗޭންޖިންގ ރޫމްއަކާއި، ކުޅީގައި ބޯޓު އަދި ކެނޯ ދުއްވާލެވޭނެފަދަ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މިއީ މިފަދަ ގުދުރަތީ ތަންތަނުގެ ބޭނުން އެންމެ ފުރުހަމައަށް ހިފައި އެތަންތަނުން ފައިދާ ލިބޭނެފަދަ ގޮތެކެވެ.

ފަތުރުވެރިންގެ ސަމާލުކަން ހޯދުމުގެ އިތުރުންވެސް ރާއްޖެފަދަ ޖަޒީރާ ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްވެސް މިއީ ވަރަށް މުހިންމު ތަންތަނެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭވެހޭ މިންވަރާއި ގޮތްތަކަށް އަންނަ ބަދަލުން ރާއްޖެ ސަލާމަތްވުމަށްވެސް މިފަދަ ތަންތަން އެހީތެރިވެދެއެވެ.

ކުޅިތަކާއި ފާތަކާއި ޗަސްބިންތަކުގެ ސަބަބުން ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވުމުން ދުރުވާނެއެވެ. އެއީ އެތަންތަނަކީ ގިނަ އަދަދެއްގެ ފެން ހަރުލާތަންތަނަށް ވުމުގެ ސަބަބުން ރަށުތެރެއަށްދާ ފެނުގެ އަދަދު މަދުވުމެވެ.

މިތަންތަނުގެ ސަބަބުން ބިމުގެ އަޑީގައި މީރުފެން ރައްކާކުރުމަށް އެހީތެރިވެދެއެވެ. އަދި މިއީ ރަށުގެ ފެން ފަށަލައަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ލިބިގެންދާނެކަމެކެވެ.

ރިއެކްޝަންސް
2
6
1
2
2
1
2