ސްކްރީން އަށް ވުރެ ކުޅޭއެއްޗިހި ދިނުން މާ ރަނގަޅު

7 ފެބުރުއަރީ 2022 - 12:09

މިޒަމާނުގައި ފަސޭހައަކަށް ބެލެނިވެރިން ކުދިންގެ އަތައް ފޯނު، ޓެބްލެޓް ނޫންނަމަ ޓީވީ ދައްކައެވެ. މީގެސަބަބުން ކުދިން އެއިންނަ ތަނެއްގައި މަޑުން އިންނާތީއެވެ. އެހެންކަންކަމާއިގެން ބެލެނިވެރިޔާއަށް އުޅެން ފަސޭހަކުރުމަށެވެ. މިގޮތައް ކަންތައްކޮށް އެންމެ ފަހުން އޭގެސަބަބުން ކުދިންނަށް ގެއްލުން ލިބޭއިރުވެސް ގިނަ ބެލެނިވެރިންނަކަށް ނޭންގެއެވެ.

މާގިނަވަގުތު ކުއްޖާ ސްކްރީން ބަލާނަމަ އޭގެ ސަބަބުން ގެއްލުން ވެއެވެ. އެހެންކަމުން ކުދިންގެ ސްކްރީން ވަގުތު ލިމިޓްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހޯދުންތަކުން ދައްކާގޮތުގައި 2 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް ސްކްރީން ވަގުތަށް އެންމެ ރަނގަޅީ 1 ގަޑިއިރެވެ. އަދި އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް ސްކްރީން ވަގުތަށްވުރެ ކުޅޭއެއްޗެހި ދިނުން މާރަނގަޅުކަމަށް ދައްކައެވެ. އަދި ކުދިން ފޯނުން ނުވަތަ ޓެބްލެޓުން ބަލަނީ ކޮންއެއްޗެއްތޯ ބެލެނިވެރިން ރަނގަޅަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

advertisement

ސްކްރީންގައި ކުއްޖާ ހޭދަކުރާ ވަގުތު ގިނަވެއްޖެނަމަ މީގެ ސަބަބުން ކުއްޖާއަށް އަސަރުކުރެއެވެ. އެގޮތުން ހޯދުންތަކުން ދައްކާގޮތުގައި މާގިނައިރު ފޯނު، ޓެބްލެޓް ނުވަތަ ޓީވީ ބަލާނަމަ ކުއްޖާގެ ސިކުނޑި ތަނަވަސްވުމުން ދުރުވެއެވެ. އަދި ވާހަކަދެއްކުމުގެ ހުނަރުވެސް ކުޑަވެއެވެ. މީހުންނާއި ގުޅުން ބަދަހިކޮށް އުޅުމުން ދުރުވުމުގެ އިތުރުން ކުއްޖާގެ ބަރުދަން އިތުރުވުމަކީވެސް މީގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރެކެވެ.

ކޯވިޑްގެ ސަބަބުން ގޭގައި ގިނަވަގުތު ތިބެންޖެހުމުގެ ސަބަބުން ކުދިން ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ކުދިން ފޫހިފިލުވުމަށް އެހެންކަހަލަ ކަންކަން ކުރިމަށް ބާރުއެޅުމަކީ ބެލެނިވެރިންނަށް ކުރެވިދާނެކަމެކެވެ. މިސާލަކަށް ފިތް ކިޔުން ނުވަތަ ކުއްޖާގެ ސިކުނޑި ތަނަވަސްކޮށްދޭ ކަހަލަ ގޭމެއް ކަހަލަ އެއްޗެއް ހޯދައިދެވިދާނެއެވެ.

ރިއެކްޝަންސް
3
2
1
2
0
0
0